ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ ޑިޒައިން އެންޑް ކޮންސަލްޓެންސީގެ ހިދުމަތް ހޯދަން އައިލެންޑް އެވިއޭޝަނުން އަމިއްލަ ކުންފުންޏާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެއާޕޯޓުގައި މިހާރު ހުރި ޓާމިނަލް މަރާމާތު ކުރުމުގެ މަސައްކަތާއި ޓާމިނަލް ބޮޑުކޮށް އާ ހިދުމަތްތައް ފެށުމުގެ މަސައްކަތް ކުރުމަށް ޑިޒައިން އެންޑް ކޮންސަލްޓެންސީގެ ހިދުމަތް ހޯދަން އީޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޑެޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ޓާމިނަލުގެ ޗެކް އިން އަދި ބެގޭޖު ހެންޑްލިން ހިދުމަތް ޒަމާނީ ކުރުމާއި ޗެކް އިން އަދި ބެގޭޖު ހެންޑްލިން ހިދުމަތް ޒަމާނީ ކުރުމާއި ޓާމިނަލްގެ އެތެރޭގެ އިންޓީރިއާ ބަދަލުކުރުމާއި ފަސިންޖަރުންގެ ލައުންޖެއް ހެދުމާއި އިތުރު ޑިޕާޗާ ގޭޓުތައް ހެދުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އެއާޕޯޓުގެ އޮޕަރޭޝަނަލް އެންޑް ސަޕޯޓަށް ބޭނުންވާ އިތުރު ޖާގަ ހެދުމާއި ބޭބީ-ކެއާ ފެސިލިޓީއެއް ހެދުމާއި އައުޓްޑޯ އޭރިއާތައް ހެދުމާއި ލޭންޑްސްކޭޕިންގެ މަސައްކަތް ކުރުން ހިމެނޭ ކަމަށް ބުންޏެވެ.

އައިލެންޑް އޭވިއޭޝަނުން އިތުރަށް ބުނީ ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރަނީ އެ އެއާޕޯޓަކީ ބ. އަތޮޅުގެ ޓޫރިޒަމްގެ މައި ދޮރާށި ކަމަށް ވާތީ ކަމަށެވެ.

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން އައިލެންޑް އޭވިއޭޝަންއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އޯގަސްޓް މަހު އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހެދި އެއާޕޯޓެކެވެ.