ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ޖަރުމަނުގެ ލެއިޝާ އެއާލައިން, ޑިސްކަވާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޑިސްކަވާ އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އާ ޓާމިނަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމްއެވެ.
އެ ރަސްމިއްޔާތުގައި ޑިސްކަވާ އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ރޮބާޓް ހާވީ އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ ޑިސްކަވާ އެއާލައިންސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 114 ފަސިންޖަރުންނަށް ހަދިޔާ ދީފައި ކަމަށެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޑިސްކަވާ އެއާލައިންސްގެ ފުރަތަމަ ފްލައިޓް, 4Y154އިން ރާއްޖެ އައި 301 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ޑިސްކަވާ އެއާލައިންސްއަކީ ޖަރުމަނުގެ އެންމެ ބޮޑު އަދި ޔޫރަޕުގެ ލީޑިން އެއާލައިނެއް ކަމަށްވާ, ލުފްތަންސާ ގުރޫޕްގެ އެއާލައިނެކެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2022 އޭޕްރިލް 24 ގައެވެ. މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޖަރުމަނުގެ ދެވަނަ އެއާލައިނެވެ.
ޑިސްކަވާ އެއާލައިންސް އާއެކު އާ ޓާމިނަލުން މިހާރު ދަނީ 31 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ފާތިމަތު ލިއުޝާ
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް