ކުއްލިހާލަތުގައި ބޭނުން ކުރުމަށް ސްޓާލިންކުގެ 100 ޑިވައިސް ސްރީ ލަންކާއަށް ހަދިޔާކޮށްފިއެވެ.
ލަންކާއަށް އެރި ބާރުގަދަ ތޫފާނުގައި އެގައުމުގެ އެކި ސަރަހައްދުތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން މީހުން ސަލާމަތް ކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިމާވި ދަތިތަކަށް ހައްލު ހޯދުމަށް ސްޓާލިންކުން ޑިވައިސްތައް ހަދިޔާ ކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ލަންކާގެ ފިނޭންސް ޕްލޭނިން އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ ސްޓާލިންކުން 100 ޑިވައިސް ހަދިޔާކޮށްފައިވާ ކަމަށާއި އެ ޑިވައިސްތައް ބޭނުންކުރާނީ ޑިޒާސްޓާ މެނޭޖްމަންޓުގެ އެކި ކަންކަމުގައި ކަމަށެވެ.
ފިނޭންސް ޕްލޭނިން އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ތަރުޖަމާނު ވަނީ ސްޓާލިންކުން ހަދިޔާ ކުރި ޑިވައިސްތަކުގެ ބޭނުން ވަރަށް މުހިންމު ކަމަށާއި އެގައުމުގެ އެކި ސަރަހައްދުތަކަށް ކާރިސާތަކުގައި ލިބޭ ގެއްލުންތަކުގެ ސަބަބުން ގުޅުން ކެނޑުން ހައްލު ކުރެވި އިނަޖެންސީ އޮޕަރޭޝަންތައް ފުރިހަމަކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައެވެ.
ސްޓާލިންކުން ހަދިޔާ ކުރި 100 ޑިވައިސް ލަންކާއަށް ލިބިފައިވާއިރު މިހާރު ކުރިއަށް ދަނީ އެ ޑިވައިސްތައް ޑިޒާސްޓާ މެނޭޖްމަންޓުގެ ބެލުމުގެ ދަށުން އެކި ސަރަހައްދުތަކަށް ފޮނުވައި ބޭނުންކުރަން ފެށުން ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ