ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ އަހަރަކު ހުޅުވާ އިންޓާންޝިޕް ޕްރޮގްރާމަށް މިއަހަރު ހޮވުނު ދަރިވަރުންނަށް ހާއްސަ ރަސްމިއްޔާތެއްގައި މަރުހަބާ ކިޔައިފިއެވެ.
ގްރެޖުއޭޓް އިންޓާންސް އަދި ޓެކްސްޓާޓް އިންޓާންސް ހިމެނޭހެން 25 އިންޓާންސްއަށް ބޭންކުން މަރުހަބާ ކިޔާފައިވެއެވެ. ޓެކްސްޓާޓް އިންޓާންޝިޕަކީ އައިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މިއަހަރު އަލަށް ތައާރަފުކުރި ކެޓަގަރީއެކެވެ.
ބީއެމްއެލުން ބުނީ 12 މަހުގެ އެ ޕްރޮގްރާމްގައި ބައިވެރިންގެ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން، އެ ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލި ބައިވެރިންގެ ގްރެޖުއޭޝަންވެސް ބާއްވާފައިވެއެވެ. އޭގެ ތެރެއިން ބައެއް ބައިވެރިންނަށް ވަނީ ބީއެމްއެލްގައި ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައިވެއެވެ.
2018 ވަނަ އަހަރު ފެށި ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމުން މިހާތަނަށް 77 ދަރިވަރުންނަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް