ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް އިތުރަށް ހުރިކަން ފާހަގަކުރެވިގެން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ ތައިލެންޑުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން ކުރި ތަހުލީލުތަކުން ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ހުރިކަމަށް ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެމްއެފްޑީއޭއަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން މެޓްފޯމިން ހައިޑްރޯކްލޮރައިޑް 750 މިލިގްރާމް އާއި ރެނިޓިޑިން 150 މިލިގްރާމް އަދި ވިޓަމިން އޭ–ރެޓިނޯލް 60 މިލިގްރާމްގެ ބޭހުގެ ބެޗުތަކުގައި މި މައްސަލަ ޖެހިފައިވާކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެ ބޭސްތަކަކީ ހަކުރު ބަލީގެ މީހުން ބޭނުންކުރާ ބޭސްތަކެކެވެ.

އެމްއެފްޑީއޭއިން ބުނީ، މައްސަލަ ދިމާވެފައިވާ ބްރޭންޑްތަކުގެ ބޭސް ރާއްޖެއަށް އެތެރެކޮށްފައި ނުވާ ކަމަށާއި ނަމަވެސް ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގޮސްއުޅޭ ގައުމަކަށްވުމުން ތައިލެންޑުން ބޭސް ގަތުމުގައި އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.