ރާއްޖޭގެ ހުރިހާ ސަރަހަދަކަށް ބޭސް ފޯރުކޮށްދިނުމުގެ ގޮތުން ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެޗްޕީއެލްއާއެކު ޑިސްޓްރިބިއުޝަން އެގްރީމަންޓެއްގައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ)އިން ސޮއިކޮށްފިއެވެ.
ސްޓޭޓް ފާމާއިން މިއަދު ބުނީ، މިއީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށާއި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ސްޓޭޓް ފާމާގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ ކުރިއަށްވުރެ ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.
މި އެއްބަސްވުމަކީ އަސާސީ ބޭސްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށާއި، ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.
އެޗްޕީއެލްއަކީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެއް ކަމަށާއި، އެ ކުންފުނީގެ އުފެއްދުންތައް މިހާރުވެސް ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާ ހިމެނޭހެން ދުނިޔޭގެ 32 އަށްވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރަމުންދާކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ކޮމެންޓް