ސްރީ ލަންކާއަށް އެރި ތޫފާނުގައި ގެއްލުންވި ކޮންމެ ރުކަކަށް 10،000 ރުޕީސް ދިނުމަށް އެގައުމުން ނިންމައިފިއެވެ.
ލަންކާގެ ސަރުކާރުން ދަނީ އެގައުމަށް އެރި ތޫފާން ދިތުވާގައި ލިބުނު ގެއްލުންތައް ބަލައި އެ ގެއްލުންތަކުގެ ކުޑަ ބޮޑު މިން ބަލައި ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ދިރާސާތައް ކުރަމުންނެވެ.
ލަންކާގެ ކޮކޮނަޓް ކަލްޓިވޭޝަން ބޯޑުގެ ޗެއާމަން ޑރ. ސުނިމަލް ޖަޔަކޮޑީ ވަނީ އެގައުމަށް އެރި ތޫފާނުގައި ކާއްޓާ ގުޅޭ އިންޑަސްޓްރީއަށް ބޮޑެތި ގެއްލުން ވެފައިވާކަން ފާހަގަކުރައްވައި، އާންމުންގެ ތެރެއިން ގެއްލުންވި ފަރާތްތަކުން އެ ގެއްލުންތަކުގެ މައުލޫމާތު އެ އިދާރާއާ ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.
ސުނިމަލް ވިދާޅުވީ ތޫފާންުގެ ސަބަބުން ރުއްގަސް އާލާކުރުމަށް ބޭނުންކުރާ ހާއްސަ ނާސަރީއެއްގައި ފެންބޮޑުވެ މުޅިން ހަލާކުވެފައިވާ ކަމަށެވެ. އެ ގެއްލުމުގެ ސަބަބުން އެކަމުން އަރައިގަތުމަށް ބޮޑު މަސައްކަތެއް ކުރަން ޖެހިފައިވާ ކަމަށް ސުނިމަލް ވަނީ ފާހަގަކުރައްވައިފައެވެ.
ލަންކާގެ ކޮކޮނަޓް ޑިވޮލޮޕްމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ މައުލޫމާތުން ހާމަވާގޮތުން އެ ގައުމަށް އެރި ތޫފާނުގައި ފެންބޮޑުވުމުގެ ސަބަބުން 1،576 މިލިއަން ރުޕީސްގެ ގެއްލުން ވެފައިވެއެވެ.
އޮފިޝަލުން ވަނީ މިހާތަނަށް ރުއްގަހަށް ލިބުނު ގެއްލުންތަކާ ގުޅޭ 87 ރިޕޯޓު ލިބިފައިވާ ކަމަށާއި އެ ފަރާތްތަކަށް އެހީ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ