ބިދޭސީން ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯހުން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލާއެއް ބަލައިފާސްކޮށްފައި ކަމަށެވެ.
"މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްއިން ވަނީ އަޅާފައި" އިމިގްރޭޝަނުން ބުންޏެވެ.
އިއްޔެގެ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކުވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން