ދިރާގު ފިންޓެކް އިން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޝަވަރުމާއެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.
ދިރާގުން ބުނީ އެ ހާއްސަ ޕްރޮމޯޝަންގެ ދަށުން މިފަހަރު އެ އޮފާ ލިބިގެންދާނީ ރާއްޖޭގެ މަޝްހޫރު ބާބާ ގާޑިޔާއިން ކަމަށެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާނީ، އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށް ސޯޝަލް ސެންޓަރުގެ ބޭރު ސަރަހައްދުގައެވެ.
ދިރާގުން ބުނީ އެ ދުވަހު ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއެއް ހަރަދުކޮށްގެން، ބާބާ ގާޑިޔާއިން ޝަވަރުމާއެއް ލިބިގެންދާނެ ކަމަށެވެ. ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނަށް ވެސް، އަދި ދިރާގުޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކޮށްގެން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ވަނީ ދާދި ފަހުން ވެސް އެފަދަ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންގޮސްފައެވެ. އެ ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭގެ ކަސްޓަމަރުންނަށް ވަނީ އެއް ރުފިޔާއަށް ކޮފީ ލިބިފައެވެ. އެއް ރުފިޔާއަށް ކޮފީ ލިބުނު އެ ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި، ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ އެ ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު