ބިގްބޮސް 19 ގެ ދިގު 3 މަސް ދުވަހަށްފަހު، އެ ޝޯގެ ޗެމްޕިއަންކަން ގޯރަވް ޚާނާ ހޯދައިފިއެވެ.

ސަލްމާން ޚާން ހޯސްޓްކުރި މި ފައިނަލްގައި، ގޯރަވް އާއި ފަރްހާނާ ބަޓް ވާދަކުރިއިރު، ގޯރަވް އަށް 50 ލައްކަ ރުޕީސްގެ އިނާމު ލިބުނެވެ. މީގެ ކުރިން "ސެލެބްރިޓީ މާސްޓަރޝެފް" ވެސް ކާމިޔާބުކޮށްފައިވާ ގޯރަވް، މި ފަހަރު ފަރްހާނާ ބަޓް، ތާނިޔާ މިއްތަލް، ޕްރަނިތު މޯރް އަދި އަމާލް މާލިކް ފަދަ ވާދަވެރިން ބަލިކުރިއެވެ. ބިގް ބޮސް 19ގެ ދެވަނަ ފަރްހާނާ ހޯދިއިރު، ތިން ވަނަ ލިބުނީ ތުޕްރަނިތު މޯރްއަށެވެ.

ގޯރަވްގެ ހިމޭން އުޅުމާއި ހަމަޖެހޭ ޝަހުސިއްޔަތަށް ތައުރީފުކޮށް، ސަލްމާން ވަރަށް އަވަހަށް ގޯރަވްއާއެކު މަސައްކަތްކުރާނެ ކަމަށް ވެސް ވައުދުވިއެވެ. ގޯރަވް ޝޯގައި ގިނައިރު ހުރީ ހިމޭނުން ކަމަށާއި، ތަޅާފޮޅުންތަކާއި މައްސަލަތަކުން ދުރު ވެ، އޭނާގެ ހަމަޖެހޭ އަހުލާގާއި ވިސްނުންތެރި ކުޅުމުން ބެލުންތެރިންގެ ހިތްތައް ކާމިޔާބުކުރި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ފާހަގަކުރިއެވެ.