ސްރީ ލަންކާއަށް އަނެއްކާވެސް ތޫފާނެއްގެ އިންޒާރު ބީބީސީ އިން ދީފިއެވެ.
ސްރީ ލަންކާއަށް ބާރުގަދަ ތޫފާނެއް އަރައި އެގައުމުގެ ބޮޑު ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއްވެ އެ ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަނެއްކާވެސް އިތުރު ތޫފާނެއް އުފެދިދާނެ ކަމުގެ ނުރައްކާ ވަނީ ކުރިމަތިވެފައެވެ.
ބީބީސީގެ މޫސުމް ލަފާކުރާ ރިޕޯޓުން ބުނާގޮތުން ލަންކާއަށް ކުރިޔަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭ ގުގުރައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.
މޫސުން ލަފާކުރަމުން ބީބީސީއިން ވަނީ މިހާރު އެގައުމަށް ދަތުރުކުރަމުން އަންނަ ކޮޅިގަނޑު އެގައުމުގެ ހުޅަނގަށް ޖެހެމުން އަންނަ ކަމަށާއި އެކޮޅިގަނޑު ތޫފާނަކަށް ބަދަލުވުން ވެސް އެކަށީގެން ވާކަމަށް ފާހަގަކޮށްފައެވެ.
ބީބީސީ އިން ވަނީ ކޮޅިގަނޑު ތޫފާނަކަށް ބަދަލު ނުވި ނަމަވެސް އެކޮޅިގަނޑުގައި ބޯކޮށް ވާރޭ ވެހޭނެކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
ބީބީސީ އިން ވަނީ ކޮޅިގަނޑު ލަންކާއަށް އަރާނެ ކަމަށް ބެލެވެނީ ހޯމަ ދުވަހުގެ ރެއިން ނުވަތަ އަންގާރަ ދުވަހުން ފެށިގެން ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު