ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މުޅިން އާ "ލިމިޓްލެސް ބޫސްޓަސް" ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ އެއީ ކަސްޓަމަރުންނަށް ހަލުވި ސްޕީޑެއްގައި ޑޭޓާ އަންލިމިޓެޑްކޮށް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހިދުމަތެއްް ކަމަށެވެ.

ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށީގެންވާގޮތަށް ހިޔާރުކުރެވޭ، އެއް ދުވަހުގެ މުއްދަތުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި ބޫސްޓާތަކުގެ ފަސް ވައްތަރެއް ވަނީ ތައާރަފުކޮށްފައެވެ. މި ބޫސްޓާތައް އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް، މައިއެކައުންޓް މެދުވެރިކޮށް، ނުވަތަ އެ ބޫސްޓަރެއްގެ އެސްއެމްއެސް ޝޯޓް ކޯޑް 343 އަށް އެސްއެމްއެސް ކޮށްގެން އެކްޓިވޭޓްކުރެވޭނެއެވެ.

ލިމިޓްލެސް ބޫސްޓާތަކުގެ އެހީގައި، ސްޓްރީމްކުރުމަށް، ގޭމް ކުޅުމަށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތްކުރުމަށާއި އެހެނިހެން ބޭނުންތަކަށް ގިނައިން ޑޭޓާ ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހަލުވި ސްޕީޑުގައި އިންޓަަނެޓްގެ ހިދުމަތް ލިބިގެންދާނެއެވެ.

ދިރާގުން ބުނީ މުޅިން އަލަށް މާކެޓަށް ތައާރަފުކޮށްފައިވާ މި ހިދުމަތަކީ ދިރާގުގެ އަންލިމިޓެޑް ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ހިދުމަތެއް ކަމަށެވެ.

ދިރާގުން ދަނީ ލިމިޓްލެސް ޕޯސްޓްޕެއިޑް ޕްލޭންތަކާއި ލިމިޓެއްނެތް ފައިބާގެ ހިދުމަތްތަކާއެކު ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ހެޔޮ އަގުގައި އަގުހުރި ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.