މަސައްކަތް ކުރައްވަނީ ވަކި ތަރުތީބަކުން ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ (ޖޭއެސްސީ) ކޮމްޕޮޒިޝަނަށް ބަދަލުގެނެސް، ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކަމާއެކު މަސައްކަތް ކުރާތަން ފެނިގެންދާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހެންވޭރު ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ޖުޑީޝަރީ މިނިވަންކުރަން ކުރާ މަސައްކަތުގެ ތެރެއިން ޖޭއެސްސީގެ ކޮންޕޮޒިޝަން ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"އިރާދަކުރެއްވިއްޔާ ޖުޑީޝަރީ މިނިވަން ވެގެންދާނެ. ކުރިއަށް އޮތްތާގައި އަޅުގަނޑު ވަޢުދުވީ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަންވެސް ބަދަލުކުރާނަން. އެކަމަށް ގެންނަ ގާނޫނީ އިސްލާހުވެސް ހުށަހަޅާނަން. ކޮންމެ ކަމެއްވެސް އެކަމެއް އޮންނަ ތަރުތީބުން ކަންކަން ގެންދަން ޖެހޭނީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބަދަލު ހިފުމުގެ ރޫހު އިސްކޮށް ސިޔާސީ އޮއިވަރުގެ ތެރެއިން ހިންގޭ އަނިޔާވެރި އަމަލުތަކަށް ޖާގަ ދިނުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫން ކަމަށާއި އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވުމަކީ އެ މަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރީގައި ބިރުން ފިޔަވަޅު ނާޅައި ތިބި ކަންކަމަށް މިހާރު ފިޔަވަޅު އަޅާ މަންޒަރު ފެންނާނެ ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި ރައީސް ވަނީ ޑްރަގުގެ މީހުންނަށް އަޅާ ފިޔަވަޅުތައް ހާމަކުރައްވައިފައެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެންވަނީ ދިހަ މެމްބަރުންގެ މައްޗަށެވެ. އެއީ ރައީސާއި ނައިބު ރައީސާއި އަށް މެންބަރުންނެވެ. އޭގެ ތެރެއިން ރައީސަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެކެވެ. ނައިބަކީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރެކެވެ. މެންބަރުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ފިޔަވައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން މެންބަރަކާއި އާންމުންގެ ތެރެއިން މެންބަރެކެވެ.
އަލީ ޔާމިން
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ