އެލައިޑް އިންޝުއަރަންސް ކުންފުނީގެ "އެލައިޑް ފެސްޓް" ސީރީޒްގެ މާލޭ އެޑިޝަން މި ހަފްތާ ބަންދުގައި އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދަން ނިންމައިފިއެވެ.
"އެލައިޑް ފެސްޓް" ސީރީޒަކީ މުޖުތަމައުއާއެކު ގުޅުން ބަދަހިކޮށް، އެލައިޑުގެ ޕްރޮޑަކްޓުތަކުގެ މައުލޫމާތާއި އާއިލާތަކާއި ކުޑަކުދިންނަށް ފައިނޭންޝަލް ޕްލޭނިންއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި އެކި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް މާނަހުރި ތަޖުރިބާތަކެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
އެލައިޑުން ބުނީ އެ ދެ ދުވަހުގެ ހަވީރު 4 އިން 6 އަށް އާޓިފިޝަލް ބީޗުގައި އެ ހަރަކާތް އޮންނާނެ ކަމަށެވެ. އަދި ދެ ދުވަހަށް އެ ހަރަކާތް ދަންމާލަން ނިންމީ މި އަހަރު ފާހަގަކުރި އެ ކުންފުނީގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކަމަށެވެ.
އެލައިޑް ފެސްޓުގައި ހިމެނޭ ހަރަކާތްތައް:
- ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި ގޭމްތައް
- ކްރިއޭޓިވް ހަރަކާތްތަކަށް ހާއްސަ ޒޯނެއް
- އެލައިޑްގެ ޕްރޮޑަކްޓްކާއި ބެހޭ މައުލޫމާތު ހިމެނޭ ބޫތު
- ކުޑަކުދިންނަށް ހާއްސަ ހަދިޔާ
- ހާއްސަ ލަކީޑްރޯއެއް
އެލައިޑް ފެސްޓުގެ އިވެންޓެއް މި އަހަރު ފުވައްމުލަކުގައި އަދި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތްތަކުގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.
އެލައިޑުން ބުނީ މުޖުތަމައުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކާއެކު އެ ކުންފުނީގެ ބައިވެރިވުން ވަރުގަދަކުރެވޭ ކަމަށާއި އަދި އާއިލާތައް އެއްތަނަކަށް ގެނެސް، ތަފާތު ހަރަކާތްތަކާއެކު މަޖާ މާހައުލެއްގައި ގުޅުން ބަދަހިކުރުމާއި ފައިނޭންޝަލް ޕްލޭނިންގެ ތަޖުރިބާ ހޯދައިދިނުމަށް މަގުފަހިވާ ކަމަށެވެ.
އާއިޝަތު މާހާ
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް