ހުޅުމާލޭގައި ހުރި ކްލިނިކަކުން ތިން ދަތް ނެގި މީހަކު، ދަތް ނެގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަރުވި މައްސަލައެއް ބަލަން ފަށައިފިއެވެ.

އެ މައްސަލަ ބަލަމުންދާކަން ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ މިދިޔަ މަހު 15 ވަނަ ދުވަހުއެވެ. މަރުވީ 60 އަހަރުގެ އަންހެނެކެވެ.

ނަމަވެސް ހުށަހެޅީ ކޮން ކްލިނިކެއްގެ މައްސަލައެއް ކަމެއް ކަށަވަރެއް ނުވެއެވެ.