ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް، ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އައްޔަންކުރައްވައިފި އެވެ.
ސިއްހީ ހާލަތު ތަން ނުދޭތީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ޑރ. ރަމީލާ އިސްތިއުފާ ދެއްވީ އެކެއް ޑިސެމްބަރު 2024 ގައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރަމީލާއަށް ހަވާލުކުރައްވައިފަ އެވެ.
ރަމީލާ ވަނީ އެޗްއާރުސީއެމްގެ މެންބަރުކަމުގެ ހުވައިކުރައްވައި ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ.
އެޗްއާރްސީއެމުން ހުސްވި ގޮނޑިއަށް ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޯބަރު 29ގަ އެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަކުރަނީ އެ ކޮމިޝަނުގެ މެންބަރު މަރްޔަމް މުނާގެ މެންބަރުކަމުގެ ދައުރު މިދިޔަ އާދިއްތަ ދުވަހު ހަމަވުމުންނެވެ.
ރަމީލާ ވަނީ މީގެ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރަކު އަދާކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ހާސިލުކުރައްވައިފަ އެވެ
އަލީ ޔާމިން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް