'ޒޫޓޯޕިއާ 2' އިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލައިފިއެވެ. ވޯލްޓް ޑިޒްނީ ކޮމްޕެނީގެ މި އެނިމޭޓެޑް ފިލްމު ވަނީ، ދުނިޔޭގެ ފެންވަރުގައި 556 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު، ބޮކްސް އޮފީހުގައި ތާރީހީ ކާމިޔާބީއެއް ހޯދައިފައެވެ. މި ހިސާބުތައް ހިއްސާކޮށްފައިވަނީ ވޯލްޓް ޑިޒްނީ ކޮމްޕެނީގެ ފަރާތުންނެވެ.
'ޒޫޓޯޕިއާ 2' ވަނީ މި އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު އޯޕަނިން ހޯދާފައެވެ. "ތެންކްސްގިވިން' ބަންދާ ދިމާކޮށް ލިބުނު ފަސް ދުވަހުގެ ބަންދުގައި 'ޒޫޓޯޕިއާ 2' އަށް އެމެރިކާގެ ބޮކްސް އޮފީހުން 156 މިލިއަން ޑޮލަރު ލިބިފައިވާއިރު، ބައިނަލްއަގުވާމީ މާކެޓުތަކުން ވަނީ 400 މިލިއަން ޑޮލަރު ހޯދައިފައެވެ. މިއާއެކު، މިއީ މިހާތަނަށް ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމެވެ. އަދި އަހަރުގެ އެންމެ ބޮޑު ދުނިޔޭގެ ޑެބިއުޓްގެ އިތުރުން، އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން މިހާތަނަށް ދުނިޔޭގެ އެންމެ ބޮޑު އޯޕަނިންވެސް މެއެވެ.
މީގެ އިތުރުން، ޗައިނާގެ ބޮކްސް އޮފީހުގައިވެސް މި ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. މިއީ މިހާތަނަށް ޗައިނާގައި އެންމެ ގިނަ އާމްދަނީ ހޯދި އެނިމޭޓެޑް ބޭރުގެ ފިލްމެވެ. ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 'ޒޫޓޯޕިއާ 2' އަށް ޗައިނާގެ ބޮކްސް އޮފީހުން، ނެރުނު ފުރަތަމަ ހަ ދުވަހުގެ ތެރޭގައި 1.95 ބިލިއަން ޔުއާން ލިބިފައިވެއެވެ. ޗައިނާގައި މިހާތަނަށް ނެރުނު ބޭރު ބަހުގެ ފިލްމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމަކީވެސް މިއީއެވެ. އެންމެ ކުރީގައި އޮތީ 2019 ވަނަ އަހަރު ރިލީޒްކުރި މާވެލް ސްޓޫޑިއޯސްގެ 'އެވެންޖާސް: އެންޑްގޭމް' އެވެ.
'ޒޫޓޯޕިއާ 2' އަކީ ވޯލްޓް ޑިޒްނީ އެނިމޭޝަން ސްޓޫޑިއޯސް އިން އުފައްދާފައިވާ އެނިމޭޓެޑް ކޮމެޑީ ފިލްމެކެވެ. މިއީ 2016 ވަނަ އަހަރު ރިލީޒްކުރި 'ޒޫޓޯޕިއާ' ގެ ސީކުއެލްއެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޖާރެޑް ބުޝް އާއި ބައިރަން ހޮވާޑް އެވެ. ފިލްމުގެ ކެރެކްޓަރުތަކަށް އަޑު އަޅާފައިވަނީ ޖިނިފާ ގުޑްވިން، ޖޭސަން ބޭޓްމަން، އަދި ކޭ ހުއި ކްއާން އެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް