މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަލުން ދޭން ފަށައިފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފް ވެ، ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.
އޭގެ ގަޑިއިރެއް ފަހުން ސްޓެލްކޯ އިން ބުނީ މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށާއި ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެސް ލިބިފައެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ