ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް 11.4 މިލިއަން ރުފިޔާ އާއި 43،000 ޑޮލަރު ލިބިއްޖެއެވެ.
ތޫފާން "ދިތުވާ" އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއްވެ، ގިނަ ބަޔަކު މަރުވުމާއެކު އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ޕީއެސްއެމް އިން އިސްނަގައިގެން ކުރިއަށްގެންދިޔަ އެ ޓެލެތޯނު ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 9:00 އިން މިއަދު މެންދުރުފަހު 2 ޖެހުމާ ހަމައަށެވެ.
އެ ޓެލެތޯނުގައި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ އިތުރުން ރާއްޖޭގައި ޓޫރިޒަމް ވިޔަފާރިކުރާ ބޮޑެތި ކުންފުނިތަކުންވެސް ވަނީ ލަންކާއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފައެވެ.
ލަންކާއަށް އެރި ތޫފާނުގައި އެގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
އާއިޝަތު މާހާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ