އެއިޑްސް ނައްތާލުމަކީ އެންމެންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިއަދު ވިދާޅުވީ "އޯވަކަމިން ޑިސްރަޕްޝަން، ޓްރާންސްފޯމިން ދަ އެއިޑްސް ރެސްޕޮންސް" މި ޝިއާރުގެ ދަށުން އެއިޑްސް ނައްތާލުމަކީ އެންމެންގެ މައްޗަށް އޮތް ބައިނަލްއަގުވާމީ ޒިންމާއެއް ކަމަށެެވެ.

މައިމީހާގެ ގައިން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފަދަ ބަލިތައް ފެތުރުން ހުއްޓުވުމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ "ޓްރިޕަލް އެލިމިނޭޝަން" ހާސިލުކުރި ދުނިޔޭގެ ފުރަތަމަ ގައުމަށް މި އަހަރު ރާއްޖެ ވެފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"މި ލަނޑުދަނޑިން ރަމްޒުކޮށްދެނީ ޔުނިވާސަލް ހެލްތު ކަވަރޭޖާއި އެންމެންނަށް ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުން" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ކާމިޔާބީ ރާއްޖެއަށް ހޯދުނީ ބައިނަލްއަގުވާމީ މުޖުތަމައުތަކުގެ އެހީއާއެކު އިލްމު ހިއްސާކުރުމުގެ ތެރެއިން ކަމަށެވެ.