ހޮންކޮންގް ޓަވަރުތަކުގައި ރޯވި ހާދިސާގައި މަރުވި މީހުންގެ އަދަދު 146 އަށް އަރައިފިއެވެ.
ނިމިދިޔަ ހަފުތާގެ ބުދަ ދުވަހު ހޮންކޮންގްގެ ޓާއޯ ޕޯ ޑިސްޓްރިކްޓުގައި ހުންނަ އެޕާޓްމަންޓް ބިލްޑިންގައި ރޯވި އަލިފާން ނިއްވާލައި އެ އިމާރާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަންނަނީ ކުރަމުންނެވެ.
އޮފިޝަލުން ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 146 އަށް އަރާފައިވާއިރު 79 މީހަކަށް އެކިވަރުގެ އަނިޔާވެެގެން ފަރުވާ ދީފައިވާކަމަށް ބުނެފައެވެ.
އަލިފާން ރޯވި އިރު އެ ޓަވަރުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ތިބި ކަމަށާއި ރޯވުމާއެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިނަމަވެސް ބައެއް މީހުން އިމާރާތްތަކުގައި ވަނީ ތާށިވެފައެވެ.
އޮފިޝަލުން ވަނީ އެ ހާދިސާގައި 150 އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަމަށާއި އެމީހުން ހޯދުމަށް އިމާރާތުގެ އެތެރެ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ