ތޫފާނެއް އަރައި އިންޑޮނޭޝިއާއިން 303 މީހުން މަރުވެއްޖެއެވެ.
އޭޝިޔާގެ އިރުމަތީ ސަރަހައްދަށް އަރާފައިވާ ތޫފާންގެ ސަބަބުން އެސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑޮނޭޝިއާ އާއި މެލޭޝިޔާގެ އިތުރުން ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
ތޫފާން އެރި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ އިންޑޮނޭޝިއާއަށެވެ. އެގައުމުން މިހާތަނަށް 303 މީހުން މަރުވެފައިވާ އިރު، 279 މީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ތޫފާނުގައި އިންޑޮނޭޝިއާއިން އެންމެން ވެސް މަރުވެފައިވަނީ ސުމަޓްރާއިން ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.
ތޫފާން އެރި ސަރަހައްދުގައި ދިރިއުޅުނު 80،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ އިރު، ސުމަޓްރާގެ ތިން ޕްރޮވިންސެއްގައި މީހުން ހާލުގައި ޖެހި ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑޮނޭޝިއާ ސަރުކާރުން ވަނީ ތޫފާން އެރި ސަރަހައްދުތަކަށް ރެސްކިއު ޓީމުތައް ފޮނުވައިފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ