ތޫފާން ޑިތްވާގެ މިސްރާބު އިންޑިއާގެ ޓަމިލްނާޑޫއަށް ޖަހައިފިއެވެ.
ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެ އެތޫފާން ވަނީ ސްރީލަންކާ މަތިން ދަތުރުކޮށް އެންމެފަހުން ލަންކާ ހުރަސްކޮށް އިންޑިއާއަށް މިސްރާބު ޖަހައިފައެވެ.
ލަންކާއަށް ތޫފާން ޑިތްވާ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު، އެގައުމުގެ ބޮޑުބައެއް ވަނީ ތޫފާނުގެ އަސަރުކޮށްފައެވެ.
ތޫފާން ޓަމިލް ނާޑޫއަށް އަރާނެ ކަމަށް މިއަދު ބެލެވޭ އިރު އިންޑިއާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ.
ތޫފާނުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުގެ ދަށުން އިންޑިއާގެ ޗެންނާއީ އެއާޕޯޓުން ވަނީ 54 ފްލައިޓެއް ކެންސަލް ކޮށްފައެވެ. އަދި ޓަމިލްނާޑޫގެ ސްކޫލުތައް ބަންދުކޮށް އާންމުން ތައްޔާރު ވުމަށް އެގައުމުގެ މެޓުން ވަނީ ބުނެފައެވެ.
ތޫފާނުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 132 އިން މައްޗަށް އަރާފައިވާ އިރު އަދިވެސް އެތައް ސަތޭކަ ބަޔަކު ގެއްލުގެން ހޯދަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތޫފާން ޑިތްވާ ލަންކާ ހުރަސްކޮށް އިންޑިއާއަށް މިސްރާބު ޖަހާފައިވާ އިރު، ލަންކާ އަށް ތޫފާނުގެ އަސަރު އަދިވެސް ކުރަމުން ދެއެވެ.
ތޫފާނުން ލިބުނު ގެއްލުންތަކުގެ ސަބަބުން ލަންކާ ސަރުކާރުން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ އިރު، އެގައުމަށް އެހީތެރިވުމަށް ބޭރުގެ ފަރާތްތަކުގައި ލަންކާއިން ވަނީ އެދިފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ