'ކްރިއޭޓިވް އެމްއެސްއެމްއީ އޮފް ދި އިޔާ' ގެ އެވޯޑް އެންކްރިއާ ސްޓޫޑިއޯއަށް ލިބިއްޖެއެވެ.
އެ އެވޯޑް އެންކްރިއާއަށް ލިބިފައިވަނީ ރޭ ބޭއްވި އެމްއެސްއެމްއީ އެވޯޑް ހަފްލާގައެވެ. އެ ކެޓަގަރީގައި އެންކްރިއާއާ އެކު ނޮމިނޭޓްވެފައިވަނީ ޕަބްލިސިޓީ ބިއުރޯ އާއި ޓޮޑީއެވެ.
އެންކްރިއާގެ ތައާރަފެއް
2019 ވަނަ އަހަރު ހުސައިން ޖިނާން އާއި ޝާޒިފް އާދަމް އުފެއްދި އެންކްރިއާއަކީ ބޫޓީކް ކްރިއޭޓިވް ސްޓޫޑިއޯއެއްގެ ގޮތުގައި ފެށިތަނެކެވެ. އަދި އެތަން މިހާރު ވަނީ ޑައިނަމިކް ޓެކްނޮލޮޖީ އަދި ކްރިއޭޓިވް ސޮލިއުޝަންސް ކުންފުންޏަކަށް ބަދަލުވެފައެވެ. ޑިޒައިން ތިންކިން އާއި ޑިޖިޓަލް އީޖާދުތައް އެއްކޮށްލައިގެން، އެންކްރިއާއިން ދަނީ ޑިޒައިން، ކަލްޗާ، އަދި ޓެކްނޮލޮޖީ ގުޅިގެން މަސައްކަތްތައް ކުރަމުންނެވެ.
އެންކްރިއާގެ ބާނީން ފުރަތަމަ ބައްދަލުވީ ޓެކްސްޓާސް ސްޓާޓަޕް ވީކެންޑް 2017 ގެ އޯގަނައިޒަރުންގެ ގޮތުގައެވެ. އޭގެ އަހަރެއް ފަހުން، ދެ މީހުން އެކުގައި ކުރި މަސައްކަތުން އެންކްރިއާ ވަނީ ވުޖޫދަށް އައިސްފައެވެ.
މިދިޔަ އަހަރުތަކުގެ ތެރޭގައި، އެންކްރިއާއިން ވަނީ ގައުމީ ފެންވަރުގެ ގިނަ މަޝްރޫއުތަކެއްގައި އިސްކޮށް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕް 2021 ގެ ބްރޭންޑިން، ގައުމީ އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރުން، ޑަބްލިއުޓީއެމް ލަންޑަން 2024 ގައި އިފްތިތާހު ކުރި އައްޑޫ ޓޫރިޒަމް ބްރޭންޑް އަދި ވަރާ އެކްސްޕޯ 2025 ގެ ބްރޭންޑިން ހިމެނެއެވެ.
އޭގެ އިތުރުން، އެ ކުންފުނިން ވަނީ ބީސީސީގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން (ކުމޭވީ) އަށް އެހީތެރިވެ، އެންޑީއެމްއޭ އަށް ޑާލާ ސިސްޓަމް ތަރައްގީކޮށް، އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް އަގުމަގު ޑިވެލޮޕްކޮށްފައެވެ. އަދި މިހާރު ދަނީ ހެލްތު ޓެކް ދާއިރާއަށް ފުޅާވަމުންނެވެ.
2022 ވަނަ އަހަރު އަބްދުﷲ ޝަފީއު (އަބޯ) ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމާއެކު، އެންކްރިއާއިން ވަނީ ދިވެހި ޓައިޕް ފައުންޑްރީ ތަރައްގީކޮށް، އޭގެ ކްރިއޭޓިވް ދާއިރާ ފުޅާކޮށްފައެވެ. އަކުރު ސްޓޯ ފަދަ މަސައްކަތްތަކުގެ ތެރެއިން، އެއީ ތާނަ ފޮންޓްތަކަށް ހާއްސަ، ރާއްޖޭގެ ފުރަތަމަ މާކެޓްޕްލޭސްއެވެ. މި ޓީމުން ދަނީ ދިވެހި ޑިޒައިން ކޮމިއުނިޓީގެ ތެރޭގައި ދިވެހި ބަހާއި، ސަގާފީ އައިޑެންޓިޓީއާއި، ކްރިއޭޓިވް ބާރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރަމުންނެވެ.
މިހާރު އެންކްރިއާގެ އަމާޒަކީ އަކުރު ފުޅާކޮށް، އޭ ޑިޒައިން ތިންކާސް ފެސްޓިވަލް އިފްތިތާހުކުރުމެވެ.
އާއިޝަތު މާހާ
ރިޕޯޓް
ނުކުޅެދުންތެރިކަން ހުންނަ މީހުން
ބޭރު ކުޅިވަރު
ހުޅުމާލެ