ކުރިއަށްވުރެ ބޮޑަށް އެއްބައިވަންތަކަން އަމަލީ މަސައްކަތަކަށް ބަދަލުކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހާސިލްކޮށްދޭން އެކުގައި، މަސައްކަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިހެން ގޮވައިލެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ފަލަސްތީނު ރައްޔިތުންނާއެކު ތިބި ކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މިދުވަސް މިއަދު ފާހަގަކުރާ އިރު އެ ސަރަހައްދުގެ ހަގީގީ މަސްރަހު އަދިވެސް އޮތީ ހިތާމަވެރި ހާލަތެއްގައި ކަމަށެވެ. އެގޮތުން އިޒްރޭލުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކާ ހިލާފުވުމާއި ގާޒާއަށް އިޒްރޭލުން ހަމަލާދިނުން ނުހުއްޓުމާއި ވަޒަންވެރިވުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދިއުމާއި ދަތުރުތަކަށް ހުރަސްއެޅުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަޖެހުން ގެއްލި، އިގުތިސޯދީ ގޮތުން ކުރިއަރާނެ މުސްތަގުބަލެއްގެ އުއްމީދު ގެއްލިފައިވާ ކަމަށެވެ.
ރައީސްގެ ޕޯސްޓުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިތިބުމަށް ރާއްޖެއިން އަނެއްކާވެސް ވައުދުވެ، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ އޭގެ ވެރިރަށް ކަމުގައި އަދި މިނިވަން، ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ދިރާއްޖެއިން ދީފައިވާ ދެމި އޮންނަ ތާއީދު އަލުން ފާޅުކޮށްފައެވެ.
އާއިޝަތު މާހާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް