އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ކުރިން ހިންގި އިމާރާތް ތަޅައިލުމުގެ މަސައްކަތް ލޯކަލް ގަވަރުމަންޓް މިނިސްޓްރީން މިއަދު ފަށައިފިއެވެ.
އެ މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުންނެވެ.
މިނިސްޓްރީން ބުނީ އެ އިމާރާތް ތަޅާލަން ނިންމީ އެ އިމާރާތަކީ މީހުން ބޭނުންކުރުން ރައްކާތެރި ހާލަތެއްގައި ހުރިތަނެއް ކަމަށް ނުވާތީ ކަމަށެވެ.
މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި އިވެންޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަރަބިއްޔާ އިމާރާތުގައި ޕާކިން ޒޯނަކާއި ޕާކެއް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.
އަރަބިއްޔާ އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ބޮޑުތަކުރުފާނު މަގުގައި އޮންނަ ހުސް ބިމުގައި ވަނީ ފަށައިފައެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް