ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޑީޖީޖީގެ ޕާޓްނަރު މެގަޗިޕްއާ ގުޅިގެން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް ހޯދުމުގެ ރަނުގެ ފުރުސަތެއް ހުޅުވައިލައިފިއެވެ.
ދިރާގުން ބުނީ އޭލިއަންވެއާ ގޭމިން ބަންޑްލްގެ އިނާމު، ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބިގެންދާނެ ކަމަށެވެ.
ގޭމް ކުޅުންތެރިންނަށް ހާއްސަ އެ އަގުހުރި އޭލިއަންވެއާ ބަންޑްލްގެ ތެރޭގައި އޭލިއަންވެއާ 34 އިންޗީގެ ގޭމިން މޮނިޓަރެއް، އޭޑަބްލިއު ވަޔާޑް ގޭމިން ހެޑްސެޓެއް، އަދި އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިންގެ ކީބޯޑެއްގެ އިތުރުން އޭޑަބްލިއު ވަޔާލެސް ގޭމިން މައުސްއެއް ވަނީ ހިމަނައިފައެވެ.
އެ ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތް:
- dgg.mv އަށް ސައިން-އަޕް ކުރުން
- @dhiraagu.gg އަދި @megachipelectronics ފޮލޯ ކުރުން
- ގިވްއަވޭގެ ސޯޝަލް މީޑިއާ ޕޯސްޓް ޝެއާކުރުން
އެ ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 31 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
ޑީޖީޖީން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޑީޖީޖީން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު