އާސަންދައިން ލިބޭ އެއްވެސް ބޭހެއް ހުއްޓާލާފައިނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، މީގެކުރިން އާސަންދައިން ލިބެމުންދިޔަ އަސާސީ ބައެއް ބޭސްތައް ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރިކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ އިރު، އެކަން ގަބޫލު ކުރައްވާތޯ އާއި އެކަން ހައްލު ކުރެވޭނެ ތާރީހަކީ ކޮބައިތޯ އުޅުން ފިލުއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އާސަންދައިން ލިބޭ އެއްވެސް ބޭހެއް ހުއްޓާލާފައިނުވާނެ ކަމަށެވެ. އޭގެ އިތުރުން އާސަންދައިން ނުލިބޭ ބޭސްތައް އާސަންދައިގެ ލިސްޓަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"މިސާލަކަށް އަޅުގަނޑު ދަންނަވައިފިން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުުރުހެލިވެފައިވާ މީހާއަށް ބޭނުންވާ ބޭސް، އެންމެންނަކަށް ބޭހެއް ބޭނުމެއް ވެސް ނުވާނެ ބައެއް މީހުންނަށް ކައުންސިލިން ދީގެން އެކަން ރަނގަޅު ކުރެވޭނެ، އެކަމަކު ބައެއް ހާލަތްތަކުގައި ކްލިނިކަލީ ބޭސްދީގެން އެމީހަކަށް ޓްރީޓް ކުރާނެ ހާލަތެއް އަތުވެއްޖެނަމަ އެ ދޭންޖެހޭ ބޭސް ވެސް އާސަންދައިގެ ނިޒާމުގެ ތެރެއިން ދައުލަތުން މިހާރު މިވަނީ ދޭން ފަށައިފައި އަދި ހަމައެއާ އެކު އެނގިވަޑައިގަންނަވާނެ ރާއްޖޭގައި ފުރަތަމަ ގާއިމް ކުރި ފާޓިލިޓީ ސެންޓަރުގެ ހިދުމަތްތައްވެސް އާސަންދައިގެ ނިޒާމުގެ ތެރެއިން ދެވޭނެ ނިޒާމު މިހާރު ގާއިމްކުރެވި، ސަރުކާރުން ވަނީ ގާއިމް ކުރައްވައިފައި،"
އެހެންކަމުން ނާޒިމް ވިދާޅުވީ، އާސަންދަ ކުޑަ ކުރުން ނުވަތަ ލިމިޓްކުރުމަކީ މި ސަރުކާރުގެ އޮތް ސިޔާސަތެއް ނޫން ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ގުޅިގެން މިކުރާ މަސައްކަތުން އާސަންދަ އިތުރަށް ފުޅާކޮށް ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުން މިދަނީ ފުޅާ ކުރަމުން،"
އިބްރާހިމް ޒަކީ
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި