ދިރާގު ފިންޓެކް އިން ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްއިން ތައްޔާރުކޮށް ވިއްކާ ހާއްސަ ބުއިންތައް މާދަމާ، އެއް ރުފިޔާއަށް އަޖުމަ ބަލައިލެވޭނެ ކަމަށެވެ.
ހުޅުމާލޭގައި ހުންނަ ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްއަށް މާދަމާ ޒިޔާރަތްކުރާ ފަރާތްތަކަށް، ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއެއް ހަރަދުކޮށްގެން، އެ ތަނުން ލިބެން ހުންނަ 12 އައުންސުގެ ބުއިންތަކުގެ ތެރެއިން އިހުތިޔާރުކުރާ އެއް ބުއިން ލިބޭނެ ކަމަށެވެ. ދިރާގުޕޭ މުޅީން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް، ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކޮށްގެން އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ހުޅުމާލެ ފޭސް އެކެއްގެ ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްއިން ޕްރީމިއަމް އިންގްރީޑިއެންޓްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަފާތު ވައްތަރުތަކުގެ ކޮފީ އާއި ސައިގެ ބުއިންތައް ލިބެން ހުރެއެވެ. އެއްފަހަރާ 33 ކަސްޓަމަރުންނަށް ހިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެ ތަނުން ދަ ކޮފީ ބީން އެންޑް ޓީ ލީފްގެ ހާއްސަ އުފެއްދުމެއް ކަމުގައިވާ އައިސް ބްލެންޑެޑް ބުއިންތަކާއި އެކި ބާވަތްތަކުގެ ކާތަކެތި ވެސް ލިބެން ހުރެއެވެ. އޭގެ ތެރޭގައި ޕޭސްޓްރީސް، ސޭންޑްވިޗް އަދި ފޮނިކާތަކެތި ހިމެނެއެވެ.
ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ އެ ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު