އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދެ އަހަރުން އެއް އަހަރު ދޭ އިނާޔަތް މުރާޖައާކޮށް، 2000ރ އަށް އިތުރުކުރި ފަހުން އިނާޔަތުގެ ގޮތުގައި މިހާތަނަށް 47.3 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ 25 އިން މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ 24،499 މީހުން އާސަންދަ ސްކީމުން އައިނު ހައްދާފައިވެއެވެ. އެއީ ސަރުކާރު ހޮސްޕިޓަލުތަކުން 7382 މީހަކަށް އަދި އަމިއްލަ ހިދުމަތްދޭ ފަރާތްތަކުން 17117 މީހެކެވެ.
އެ މުއްދަތުގައި އައިނުގެ ހިދުމަތަށް ސަރުކާރުގެ ހޮސްޕިޓަލުތަކަށް 14.7 މިލިއަން ރުފިޔާގެ އިނާޔަތް ދީފައިވާއިރު، އަމިއްލަ ހިދުމަތްދޭ ފަރާތްތަތަށް 32.6 މިލިއަން ރުފިޔާގެ އިނާޔަތް ދީފައިވެއެވެ.
ސަރުކާރުން އައިނު ފިހާރަ މިވަގުތު ހިންގަނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައެވެ.
އަލީ ޔާމިން
އެންސްޕާ
އެންސްޕާ
އެންސްޕާ