ނޭޕާލްގެ މުޒާހަރާގައި ކޯޓަށް ގެއްލުންދިން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ސެޕްޓެމްބަދު މަހު ނޭޕާލްގައި ކުރިޔަށްދިޔަ ޖެންޒީ މުރާހަރާތަކުގައި އެ ގައުމުގެ ސަރުކާރުގެ ގިނަ އިމާރާތްތަކަކަށް ވަނީ ގެއްލުން ދީފައެވެ.
މުޒާހަރާތަކުގައި ނޭޕާލުގެ ސުޕްރީމް ކޯޓަށް ދިން ގެއްލުންތައް ތަހުގީގުކޮށް ފަސް މީހަކު ހައްޔަރުކުރީ އިއްޔެ ކަމަށް ޚަބަރުތައް ބުނެއެވެ.
ނޭޕާލުގެ ފުލުހުންގެ ސުޕްރިންޓެންޑެންޓް ޕަވާން ކުމާރް ބައްޓާރައީ ވިދާޅުވީ ހައްޔަރުކުރި ފަސް މީހުން ސުޕްރީމް ކޯޓަށް ގެއްލުން ދިނުމުގައި އިސް ދައުރެއް އަދާކޮށްފައިވާކަމަށާއި އެމީހުން ހަތިޔާރު ބޭނުންކޮށްގެން ވެސް އެހެން ސަރަހައްދުތަކަށް ގެއްލުން ދީފައިވާކަމަށެވެ.
ސުޕްރީމް ކޯޓަށް ދިން ހަމަލާގައި ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ކޯޓުގެ މަސައްކަތް އެތައް ހަފުތާއަކަށް ހުއްޓުމަކަށް އައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނޭޕާލުގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޖެންޒީން ނިކުމެ ކުރަމުން ދިޔަ މުޒާހަރާތައް ހޫނުވެ މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ނިސްބަތްވާ 66 އިމާރާތަކަށް ގެއްލުންދީ ހުޅުޖަހައިފައެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން 76 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާތަނަށް ފުލުހުން ވަނީ 267 މީހަކު ހައްޔަރުކޮށް ތަހުގީގު ހިންގަން ފަށައިފައެވެ.
މުހައްމަދު އައުޒަމް
ނޭޕަލް
ނޭޕަލް
ނޭޕަލް
ނޭޕަލް