ވިލިމާލޭގެ ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވެފައިވާ ދެ ނިކަގަސް ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މުހްޔިއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވިލިމާލޭގެ ގިނަ ރައްޔިތުން ވާހަކަދައްކަމުން ފާހަގަކޮށްފައިވަނީ އެ ދެ ނިކަގަހުގެ މައްސަލަ ސަރުކާރުތަކަށް ހައްލުނުކުރެވޭ މައްސަލައެވެ.
އޭގެ ތެރެއިން ވާހަކަދެއްކި މީހަކު ބުނީ އެ ގަސްތަކުގެ ސަބަބުން އެ ހިސާބުގައި ދިރިއުޅޭ ގެތަކަށް ގިނަ ގެއްލުންތަކެއް ވަމުންދާ ކަމަށާއި އެ ގަސްތައް އެހެން ސަރަހައްދަކަށް ގެންގޮސްގެން ނަމަވެސް، ހައްލެއް ހޯދުމަކީ ހުރިހާ ރައްޔިތުން ވެސް އެދޭ ކަމެއް ކަމަށެވެ.
އެ ބައްދަލުވުން ނިންމަވައިލައްވަމުން ރައީސް ވަނީ އެ ދެ ނިކަގަސް ނެގުމަށް ބޭނުންވަނީ ކިހާ ރައްޔިތުންނެއްތޯ އައްސަވައި، އެކަމަށް ތާއީދުކުރާ ރައްޔިތުން އަތްހިއްލުމަށް އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ގާތްގަނޑަކަށް ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުން އިއްތިފާގުން އެގޮތަށް އެދިފައިވާތީ، ދެ ގަސް ނެގުމުގެ ކަންކަން ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު