މޯލްޑިވިއަނުން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ހަފްތާއަކު ފަސް ފްލައިޓް ބާއްވަން ނިންމައިފިއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނީ އަންނަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ހަފުތާއަކު ފަސް ފްލައިޓް ބާއްވާނެ ކަމަށެވެ.
މޯލްޑިވިއަންގެ ދަތުރުތައް އެ ދެ ސިޓީއަށް ބާއްވާނީ އާދިއްތަ ދުވަހާއި އަންގާރަ ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކުއެވެ.
މީގެ ކުރިން އެ އެއާލައިނުން ކޮޗިން އާއި ޓްރިވެންޑަރަމަށް ހަފުތާއަކު ކުރަނީ ހަތަރު ދަތުރެވެ.
ކޮޗިން އާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމި އިރު، ސްރީލަންކާގެ ކޮލަމްބޯއަށް 99 ޑޮލަރަށް ޓިކެޓް ލިބޭ ފެއާއެއް މޯލްޑިވިއަނުން ވަނީ ތައާރަފްކޮށްފައެވެ. އެ ދަތުރުތައް އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހާއި ނުވަ ވަނަ ދުވަހުއެވެ.
އަލީ ޔާމިން
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ