ލަންކާގައި ބިންގަނޑު ކަނޑައިގެންގޮސް ހަ މީހަކު މަރުވެއްޖެއެވެ.
ސްރީލަންކާއަށް ކުރަމުން އަންނަ ވިއްސާރައިގައި އެގައުމުގެ މެދުތެރޭ ޕަހާލާ ކަޑުގަންނަވާ ސަރަހައްދުގައި ބިންގަނޑު ކަނޑައިގެންގޮސް ހިނގާފައިވާ ހާދިސާތަކުގައި މިހާތަނަށް ހަ މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް ހަތަރު މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެކަކުގެ ހާލު ދެރަ ކަމަށެވެ.
ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދުގައި މީހުން ހޯދުމުގެ މަސަައްކަތަށް ރެސްކިއު ޓީމުތަކާއި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ލަންކާގެ ފުލުހުން ވަނީ އެގައުމުގެ ވެރިރަށް ކޮލަމްބޯ އާއި ކެންޑީ ގުޅޭ މައި މަގު ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކޮށްފައިވާ ކަމަށް ބުނެފައެވެ.
ލަންކާގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އެގައުމަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެކި ހާދިސާތަކެއް ހިނގާފާނެ ކަމަށް ބެލެވޭތީ އާންމުން ސަމާލުވުމަށް އެދިފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް