އެމެރިކާއިން އިންޑިއާއަށް 93 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމައިފިއެވެ.

އެމެރިކާއިން އިންޑިއާއަށް ހަތިޔާރު ވިއްކުމަށް ނިންމާފައިވާއިރު އެހަތިޔާރުތަކުގެ ތެރޭގައި އެންޓި ޓޭންކް މިސައިލުތަކާއި ހަނގުރާމަމަތީ ފަހުގެ ހަތިޔާރު ހިމެނޭ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވޮޝިންޓަންގައި ބައްދަލުކުރެއްވިތާ ނުވަ މަސްވީފަހުން އެބައްދަލުވުމުގައި މަޝްވަރާކުރެއްވި ގޮތަށް އެމެރިކާއިން މިވަނީ ހަތިޔާރު ވިއްކުމަށް ނިންމާފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެމެރިކާއާއި އިންޑިއާއިން އޮކްޓޫބަރު މަހު ވަނީ ޑިފެންސް ސެކްޓަރުގައި ދެގައުމުން އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރުމަށް 10 އަހަރުގެ މުއްދަތުގެ ފްރޭމްވޯކް އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ.

އިންޑިއާއިން އެމެރިކާގެ ހަތިޔާރު ގަންނަން މަސައްކަތް ކުރާއިރު ރަޝިޔާއިން އިންޑިއާއަށް ވިއްކާ ހަތިޔާރު ގަތުމަށް މަޑުޖެހުމެއް އަންނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އެމެރިކާއިން އިންޑިއާއަށް ވިއްކާ ހަތިޔާރު ހިމެނޭ ޕެކޭޖުގައި ތަމްރީނުތައް ދިނުމާއި ޓެކްނިކަލް އެހީތެރިކަން ދިނުންވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.