ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހަށް ހާއްސަކޮށްގެން ޓްރީ ޓޮޕް ހޮސްޕިޓަލުން "ވެލް މޭލް ޕެކޭޖް" އަށް 20 ޕަސެންޓު ޑިސްކައުންޓެއްދޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ޕްރޮމޯޝަންގެ މަގުސަދަކީ ފިރިހެނުންގެ ސިއްހަތު ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތައް ފަސޭހަކޮށް، އަގުހެޔޮކޮށްދިނުން ކަމަށެވެ.
އެ ޕްރޮމޯޝަން ކުރިއަށްގެންދަނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޕެކޭޖްގެ އަސްލު އަގު ކަމަށްވާ 5,900.00 ރުފިޔާއަށް 20 އިންސައްތައިގެ ޑިސްކައުންޓް ލިބުމުން، ޕްރޮމޯޝަންގެ ތެރޭގައި މި ޕެކޭޖު ލިބޭނީ 4,720.00 ރުފިޔާއަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އެ ހިދުމަތް ލިބިގަތުމުގެ ފުރުސަތު 18 އަހަރުން މަތީގެ ހުރިހާ ފިރިހެނުންނަށް ހުޅުވާލައިފައެވެ.
ވެލް މޭލް ޕެކޭޖުގައި ހިމެނޭ ކަންތައްތައް:
- ކްލިނިކަލް "އެގްޒިމިނޭޝަން" ދިނުމުގެ ތެރޭގައި މެޑިކަލް ހިސްޓްރީ ތަފްސީލުކޮށް ބެލުން.
- ހަށިގަނޑު ބެލުން، ބީއެމްއައި ކަނޑައެޅުން، ލޭގެ ޕްރެޝަރު ބެލުން.
- ލޮލުގެ ފެނުން ބެލުން.
- ރޭޑިއޮލޮޖީ އަދި އިމޭޖިންގެ ބައިގެ ދަށުން މޭގެ އެކްސް-ރޭ.
- އީސީޖީ (އިލެކްޓްރޯކާޑިއޯގްރާމް) އަދި މުޅި ބަނޑުގެ އަލްޓްރާސައުންޑް.
- ކްލިނިކަލް ޑައިޓީޝަނަކާއެކު "ނިއުޓްރިޝަނަލް" ސްކްރީނިން.
- މެޓަބޮލިކް ސިއްހަތު، ފުރަމޭ، ކުޑަކަމުދާ ނިޒާމު، ޕްރޮސްޓޭޓް އަދި މުޅި ހަށިގަނޑުގެ ސިއްހަތުގެ މުހިންމު މައުލޫމާތު ދޭނެ "ކޮމްޕްރިހެންސިވް"' ލެބޯޓްރީ ޓެސްޓުތަކެއް.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހުރިހާ ނަތީޖާއެއް މެޑިކަލް ޑޮކްޓަރަކާއެކު ފައިނަލް ކޮންސަލްޓޭޝަނެއްގައި ރިވިއުކުރުން ވެސް ހިމެނޭ ކަމަށެވެ.
އެ ޕްރޮމޯޝަންގެ ފައިދާ ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހަދައިގެން ހިދުމަތް ހޯދުމަށް އެ ހޮސްޕިޓަލުން އެދެއެވެ. މިއީ ފިރިހެނުންގެ ސިއްހަތަށް އިސްކަންދީ، ބަލިތަކުން ރައްކާތެރިވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އެ ހޮސްޕިޓަލުން ދެކެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
ފާތިމަތު ލިއުޝާ
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް