ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދޭ މައްސަލައެއްގެ ތުހުމަތުގައި އެންޑީއޭގެ ފަރުވާގައި ބައިވެރިވާ ޕިއާ މެންޓާގެ ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފަކު މިއަދު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހު، 51އ އެވެ.

ފުލުހުން މިއަދު ބުނީ އޭނާ މިއަދު ހައްޔަރުކުރީ އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް ޑްރަގުދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.