އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވައި އެންމެ މަތީ އެލާޓް ނެރެފިއެވެ.
އިންޑޮނޭޝިއާގެ ޖާވާ އައިލެންޑުގައި އިއްޔެގެ ވަގުތެއްގައި ގޮވާފައިވާ ''މައުންޓް ސެމެރޫ'' ގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ އާންމުން ސަމާލުވުމަށް ގޮވާލައި އޮފިޝަލުން ވަނީ އެންމެ މަތީ އެލާޓް ނެރެފައެވެ.
ބާލީއާ 310 ކިލޯމީޓަރު ދުރުގައި އޮންނަ އެ ފަރުބަދަ ގޮވުމުގެ ސަބަބުން ބޮޑު ސަރަހައްދަކަށް އަޅި ފައިބައިފައިވާ އިރު، ނުރައްކާތެރި ގޭހުގެ އަސަރު އެ ސަރަހައްދުގައި ހުރި ކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑޮނޭޝިއާގެ ޖިއޮލޮޖިކަލް އެޖެންސީން ވަނީ އާންމުން އެ ފަރުބަދަ ހިމެނޭ ސަރަހައްދުގެ އަށް ކިލޯމީޓަރުގެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ހަރަކާތެއް ނުބޭއްވުމަށާއި އެ ސަރަހައްދަށް ނުދިއުމަށް ގޮވާލައިފައެވެ.
އިންޑޮނޭޝިއާގެ ނެޝަނަލް ޑިޒާސްޓާ އެޖެންސީން ބުނީ ފަރުބަދައިން ފެށިގެން 13 ކިލޯމީޓަރުގެ ސަރަހައްދަށް އަޅި ފައިބައިފައިވާ ކަމަށެވެ.
އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަރުބަދަ ހުރި ސަރަހައްދާ ކައިރީގައި އޮންނަ އަވަށަކުން 300 އަށްވުރެ ގިނަ އާންމުން ވަގުތީ ސަރަހައްދުތަކަށް ވެސް ބަދަލުކޮށްފައެވެ.
މުހައްމަދު އައުޒަމް
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ