ފަރަށް އެރި ދެކުނު ކޮރެއާގެ ފެރީން 267 މީހުން ސަލާމަތްކޮށްފިއެވެ.
ދެކުނު ކޮރެއާގެ އިރު ދެކުނު ސަރަަހައްދުގައި ދަތުރުކުރި ފެރީއެއް ފަރަށް އެރުމާއެކު އޭގެން ދަތުރުކުރި މީހުން ސަލާމަތް ކުރުމަށް އެގައުމުގެ ކޯސްޓްގާޑުން ވަނީ އޮޕަރޭޝަނެއް ފަށައިފައެވެ.
އޮފިޝަލުން ބުނީ ކުއީން ޖެނުވިއާ 2 ނަމަކަށް ކިޔާ އެ ފެރީ އަރާފައިވަނީ ދެކުނު ކޮރެއާގެ ޖަންގްސަން އައިލެންޑާ ކައިރީގައި އޮންނަ ޖޮގްޑޯ އައިލެންޑުގެ ފަރަށް ކަމަށާއި ފަރަށް އެރި ނަމަވެސް ފެރީ އަޑިޔަށް ދާވަރުގެ ގެއްލުމެއް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށެވެ.
ފެރީން ދަތުރުކުރި 267 މީހުން ސަލާމަތްކޮށްފައިވާ އިރު، އެ ހާދިސާގައި 27 މީހަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ފެރީގައި ދަތުރުކުރި ފަސެންޖަރުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ ފަރަށް އެރި ވަގުތު ބާރުގަދަ އަޑެއް އިވުނު ކަމަށާއި ކުރޫއިންގެ އިންޒާރާއެކު ހުރިހާ ފަސިންޖަރުން ލައިފްޖެކެޓް އަޅައި ފެރީގެ އެންމެ މަތީ ޑެކަށް އަރާފައިވާ ކަމަށެވެ.
އެ ފެރީއަކީ ދެކުނު ކޮރެއާގެ ޖެޖޫއިން މޮކްޕޯ އަށް ދަތުރުކުރި 26،000 ޓަނުގެ ފެރީއެއް ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ދެކުނު ކޮރެއާ
ދެކުނު ކޮރެއާ
ދެކުނު ކޮރެއާ
ދެކުނު ކޮރެއާ