ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު ލީ ޑޮންގް-ވޫކް ކަމަށް ހެދިގެން އޮޅުވާލައިގެން އަންހެނެއްގެ އަތުން 25،000 އަށްވުރެ ގިނަ ޑޮލަރު ހޯދި މައްސަލައެއް ފެންމަތިވެއްޖެއެވެ. ހަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފައިސާ އަތުލާފައިވަނީ 8 މަސް ދުވަސް ވާންދެން އޮންލައިންކޮށް ލޯބީގެ ގުޅުމެއް ބާއްވައިގެންނެވެ.
މި މައްސަލައިގައި ފައިސާ ގެއްލުނު އަންހެންމީހާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، 8 މަސް ދުވަހުގެ މުއްދަތަކަށް ދެމިގެންދިޔަ މި މުއާމަލާތްތަކުގައި އެކްޓަރުގެ ނަމުގައި ވާހަކަދެއްކި މީހާ ވަނީ އޭނާއާ ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އޭނާގެ އަނބިމީހާގެ ގޮތުގައި ހިޔާރުކުރީ އެ އަންހެންމީހާ ކަމަށް ބުނެ، އިތުބާރު ހޯދުމަށްފަހު އެކި ފަހަރު މަތިން ފައިސާ ޖަމާކުރުވާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން، އެކްޓަރުގެ ފަރާތުން ކަމަށް ބުނެ ފޮނުވި މެސެޖުތަކުގައި އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކޮށް، ގާތްކަން އުފައްދާފައިވާ ކަމަށް ވެސް އަންހެންމީހާ ފާހަގަކޮށްފައިވެއެވެ. މި ފައިސާ ޖަމާކޮށްފައިވަނީ އެކި ކަންކަމަށް ބޭނުންވެގެން ކަމަށް ބުނެ އޮޅުވާލައިގެން ކަމަށްވެސް މި އަންހެން މީހާ ބުނެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއިން ނުވަތަ ލީ ޑޮންގް-ވޫކްގެ މަންދޫބުން ވެސް މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރިޕޯޓް
މަކަރާއި ހީލަތް
ހޮލީވުޑް
ރަޝިޔާ
ކޮމެންޓް