ހަށިވިއްކި މައްސަލައެއްގައި ދިވެއްސަކާއި ބޭރު ތިން އަންހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީމާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ "ޕީސް ސެލޫން އެންޑް ސްޕާ" ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ފައިސާގެ މުގާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތައިލެންޓް ތިން އަންހެނުންނާއި ދިވެހި ފިރިހެނެކެވެ. އެއީ ގއ. ވިލިނގިލި / ރިވެލި، މުހައްމަދު ސަމާމް ރަޝީދު (28އ) އާއި، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރކުރުމުން ސަމާމްގެ ބަންދަށް ފަސް ދުވަސް ޖުންޕެން އާއި ސުޕަވަޑީގެ ބަންދަށް ތިން ދުވަސް އަދި ޕަޓްޗަރިދާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ޖިންސީ ކުށް
ޖިންސީ ކުށް
ޖިންސީ ކުށް
ޖިންސީ ކުށް