އާ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ތިން ކޮޓަރީގެ ފުލެޓުތައް 10،000 ރުފިޔާއަށްވުރެ ބޮޑެއް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީން ވަނީ ރަސްމާލެއިން ދޫކުރާ 7500 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލައި އެ ގޯތިތައް ބެހިފަވާ ކެޓަގަރީތައް އިއުލާނުކޮށްފައެވެ. އޭގެ ތެރެއިން 4000 ހައުސިން ޔުނިޓު ހާއްސަކޮށްފައިވަނީ މާލޭގެ ރަށްވެހީންނަށެވެ. އަދި 1500 ހައުސިން ޔުނިޓު ހާއްސަކޮށްފައިވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށެވެ. ބާކީ ހައުސިން ޔުނިޓުތައް ހާއްސަކޮށްފައިވަނީ ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި އެހެން ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށާއި ފަގީރުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ ރޭ އިއުލާނުކުރި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ސިޔާސަތަކަށް ކަމަށެވެ.
ރައީސް ވިދާޅުވީ ބީއެމްއެލުން 3000 ފްލެޓް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މިހާރު އެމްއެމްއޭގެ ގަވާއިދުގެ ދަށުން ހުރިހާ ބޭންކެއްވެސް މިކަމުގައި ބައިވެރިވާން މަޖުބޫރުވާނެ ކަމަށެވެ. އެހެންކަމުން އެހެން ބޭންކުތަކުންވެސް ފްލެޓް މަޝްރޫއުތައް ހިންގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ހުރިހާ ޕްރޮޖެކްޓެއް ވަންނާނީ މި ސަރުކާރުގެ މި ސިޔާސަތުގެ ތެރެއަށް. އެއީ އަޅުގަނޑުމެން ހިލޭ ބިން މިދެނީ. ސަރުކާރުގެ މި ވައުދު ފުއްދުމަށްޓަކައި ރައްޔިތުންނަށް މިހާ މުހިންމު ކަމަކަށްވާތީ ސޯޝަލް ކެޓެގަރީގައި ފްލެޓްތައް ދިނުމަށްޓަކައި މިކަން މިކުރަނީ،" ރައީސް ވިދާޅުވިއެވެ.
"10000 ރުފިޔާއަށްވުރެ ރެންޓް ބޮޑެއް ނުވާނެ. ރެންޓް އޮން މޮޑެލްގައި ދެނީ. 10000 ރުފިޔާއަށްވުރެ ބޮޑެއް ނުވާނެ ތިން ކޮޓަރީގެ ފްލެޓް ލިބިގެންދާނެ،"
ރައީސް ވިދާޅުވީ ބީއެމްއެލްގެ އިތުރުން ބޭރުގެ އެކި ގައުމުތަކުގެ ދީލަތި އެހީގައި އިތުރު 4500 ފްލެޓް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު