ލަންކާގައި އުޅޭ ބިދޭސީން ލައިސަންސް ނެތި ވެހިކަލް ނުދުއްވުމަށް އަންގައިފިއެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު އޭއެސްޕީ ވޫޓްލާއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ ބައިނަލްއަގުވާމީ ލައިސަންސް ނުވަތަ އެ ގައުމުން ދޫކުރާ ހާއްސަ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ އުޅަނދެއް ނުދުއްވުމަށް އަންގާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
ލަންކާގެ ފުލުހުން ބުނީ ދާދިފަހުން އެ ގައުމަށް ޒިޔާރަތްކުރާ ބޭރުމީހުން އެ ގައުމުގައި ތުރީވީލާ ދުއްވަމުންދާ ކަމަށް ފާހަގަވެފައިވާ ކަމަށާއި އެއީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ. ފުލުހުން ވަނީ އެފަދަ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ވެހިކަލުގެ ވެރިފަރާތާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު ވަނީ ފަތުރުވެރިންނާއި އެ ގައުމުގައި ދިރިއުޅޭ ބޭރުމީހުން ލަންކާގެ މޮޓޯ ޓްރެފިކް ގާނޫނަށް ބޯލެނބުމަށް ނަސޭހަތްތެރިވެފައެވެ. އެ ގަނޫނަށް އަމަލު ނުކުރާ ފަރާތްތަކަށް ހަރުކަށި އަދަބުދޭނެ ކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ލަންކާއަށް ދަތުރުކުރާ ފަތުރުވެރިންނާއި އެ ގައުމުގައި ދިއިރުޅޭ ބޭރު ގައުމުތަކުގެ މީހުންގެ އަތުގައި ބައިނަލްއަގުވާމީ ލައިނަންސް އޮތްނަމަ ގަވާއިދާ އެއްގޮތަށް ވެހިކަލް ދުއްވޭނެއެވެ. އަދި އެ ގައުމުން ބޭރު ގައުމެއްގެ ލައިސަންސެއްގައި ދުއްވާނަމަ ޑިޕާޓްމަންޓް އޮފް މޮޓޯ ޓްރެފިކްގެ ހާއްސަ ހުއްދައެއް ނަގަން ޖެހޭނެއެވެ.
މުހައްމަދު އައުޒަމް
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ