މެކްސިކޯ ސަރުކާރާ ދެކޮޅަށް އެގައުމުގެ ޖެންޒީން މުޒާހަރާކުރަން ފަށައިފިއެވެ.

މެލޭޝިއާގައި ހިންގަމުންގެންދާ ހަމަނުޖެހުންތަކާއި އެގައުމުގެ މިހާރުގެ ސަރުކާރާ ދެކޮޅަށް ކުރަން ފަށާފައިވާ މުޒާހަރާތައް ހޫނުވެ ފުލުހުންނާއި ކުރިމަތިލައި މިހާތަނަށް 120 މީހަކަށް އަނިޔާވެ ފަރުވާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެކްސިކޯގައި ކުރަމުން އަންނަ މުޒާހަރާތަކުގަައި މިހާތަނަށް ފުލުހުންގެ 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ.

މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވަނީ އެ ގައުމުގެ ވެރިރަށުގެ އިތުރުން، އެހެން ސަރަހައްދުތަކުގައި ކުރަމުން އަންނަ މުޒާހަރާތަކަކީ އެ ގައުމުގެ ކަނާއަތުފިޔައިގެ ސިޔާސީ ފަރާތްތަކުން ފަންޑުކޮށްގެން ކުރަމުން އަންނަ މުޒާހަރާތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. މެކްސިކޯގެ ކަނާއަތުފިޔައިގެ ސިޔާސީ ފަރާތްތަކަކީ އެ ގައުމުގެ އިދިކޮޅު ސިޔާސީ ފިކުރުގެ ފަރާތްތަކެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން އިއްޔެ ވަނީ އެ ގައުމުގެ ރައީސްގެ ގެކޮޅު ސަރަހައްދުގައި ހަމަނުޖެހުން ހިންގާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ފަރާތްތައް އެ ސަރަހައްދުން ދުރުކުރުމަށް ކަރުނަގޭސް ބޭނުންކުރި ކަމަށް ފުލުހުން ބުނެއެވެ.

މެކްސިކޯގެ ފުލުހުން ވަނީ މިހާތަނަށް 20 މީހަކު އެ މުޒާހަރާތަކުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ އިތުރުން ވައްކަން ކުރި ބަޔަކުވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.