އެންސްޕާގެ ބައެއް ހިދުމަތްތައް ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމް، "ވަންގަވް"އަށް ބަދަލުވެއްޖެ އެވެ.
މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގައި ބޭއްވި ރަސްމިއްޔާތުގައި، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މި ވަގުތު ވަންގަވް އިން އެންސްޕާގެ ފަސް ހިދުމަތެއް ލިބޭނެ ކަމަށެވެ.
ވަންގަވް އަށް ބަދަލުކުރި ހިދުމަތްތައް
- ފަގީރު ހާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ
- ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ދޭ މާލީ އެހީ
- ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީ
ހީނާ ވިދާޅުވީ، އެ ފަސް ހިދުމަތް ވަންގަވް އަށް އެއްކޮށް ބަދަލުކުރަން ނިންމާފައިވަނީ އަންނަ ޖެނުއަރީން ފެށިގެން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ހިދުމަތްތައްވެސް ވަންގަވް މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
އަލީ ޔާމިން
އެންސްޕާ
އެންސްޕާ
އެންސްޕާ