ޑޮލަރު ރޭޓް ދަށް ކުރެވި އިންފްލޭޝަން ހަމަ މަގަށް އެޅޭނީ ޔޫޒަބަލް ރިޒާވް އިތުރު ކުރެވިގެން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވެލިދޫ ދާއިރާއެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިހާރު ރާއްޖޭގެ އިންފަލޭޝަން ވަރަށް މައްޗަށްގޮސްފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ޑޮލަރުރޭޓް ހުރީ ވަރަށް މަތީގައިކަން ފާހަގަކޮށް، އައްބާސް ސުވާލު ކުރެއްވީ، އެކަމަށް ހައްލު ގެނައުމަށް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރާ މަސައްކަތުގައި ޑޮލަރުރޭޓަށް ހެޔޮ ބަދަލެއް އަންނާނީ ކިހާތާކު ކަމަށް ލަފާކުރެވޭތޯއެވެ.

"ތިޔައްދޭނެ ކުރު ޖަވާބަކަށް ދެންނެވޭނީ އަޅުގަނޑުމެންގެ ޔޫޒަބްލް ރިޒާވްގަ މިހާރު ހުރީ އެވްރެޖްކޮށް ބަލާނަމަ ގާތްގަނޑަކަށް 200 މިލިޔަން ވަރަކަށް ޑޮލަރު، އެ މިސާލަކަށް 500 މިލިޔަން ޑޮލަރަށް، ނުވަތަ ބިލިޔަނަކާ ގާތްކޮށްފި ކަމަށްވަންނާ އަޅުގަނޑަކަށް އެއްވެސް ކަމެއްނޫން ހަމަ އަޅުގަނޑުމެންގެ ރޭޓް ހަމައަގަށް ގެންނަން، އެ އަޅުގަނޑުމެންނަށް އިންޑިކޭޝަނަކަށް ދެއްކޭނީ،"

އޭގެ އިތުރުން މުނައްވަރު ވިދާޅުވީ، މިހާރު އިންފްލޭޝަން އެންމެ މަތިވެފައިވާ އެންމެ ބޮޑު ސަބަބަކީ ސިނގިރޭޓްގެ އަގަށް އައި ބަދަލު ކަމަށެވެ. ނަމަވެސް ސިގިރޭޓާ ގުޅިގެން އައި ބަދަލު އަންނަ މަހު ނިމުމަކަށް އަންނާނެ ކަމަށްވެސް ވިދާޅުވިއެެވެ.