ޕޭހާމަނައިޒޭޝަންގެ ތެރެއިން ސަރުކާރުގެ އެކި ދާއިރާތަކުގެ މުސާރަ ބޮޑުކޮށްފައިވާއިރު، ހުރިހާ މުވައްޒަފުންގެ މުސާރަ އެއްފަހަރާ ބޮޑުކުރަމަކީ ރިސްކެއް!ކަމަށާއި، އެކި ފަހަރަށް ބަހާލައިގެން މުސާރަތައް ބޮޑު ކުރުމަށް ސެންޓްރަލް ބޭންކު، އެމްއެމްއޭގެ ގަަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރުމަށް މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި، ބަޖެޓްގައި ހިމެނޭ ކަންބޮޑުވާ ކަންތައްތައް ފާހަގަ ކުރައްވައި މުނައްވަރު ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް އެއްފަހަރާ ބޮޑުކުރުމަކީ ރިސްކެއް ކަމަށެވެ.
"ދައުލަތުގެ ރިކަރަންޓް ހަރަދު އިތުރުވެގެންދާ މިންވަރު އަންނަ އަހަރު ވަރަށް ބޮޑުތަން އިތުރުވެގެންދާނެ، މީގެ ތެރެއިން ވަރަށްބޮޑު ބައެއް މިދަނީ ވަރަށް ކުރިންސުރެން ޕޭ ހާމަަނައިޒްގެ ތެރެއިން ކުރީ ސަރުކާރުތަކުން ފެށިގެން ކުރިއަށްދިޔަ މަސައްކަތްތަކެއް އަންނަ އަހަރު ނިމުމަކަށް ގެނައުމަށްޓަކައި، މިކަމުން ބަޖެޓަށް ތިން ބިލިޔަން ރުފިޔާ އިތުރު ވެގެންދާއިރު މުސާރަތައް އިތުރުވެގެންދާއިރު އެންމެ މުހިއްމު ލަފައަކަށް އިންނާނީ ބަހާލައިގެން ކުރިއަށް ދިއުމަށް އެއްފަހަރާ މުސާރަތައް ބޮޑުކުރާނަމަ އޭގެ ޕްރެޝަރު އައުން އެކަށީގެންވޭ،"
ގަވަރުނަރު ވިދާޅުވީ އެ ބަދަލުތަކުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި މިހާރު އޮތް ޕްރެޝަރަށް އިތުރު ޕްރެޝަރެއް އައިސްދާނެ ކަމަށް ބެލެވޭއިރު، އެކަން އެގޮތަށް ވިޔަ ނުދިނުމަށް، ކަންކަން ކުރަން ޖެހޭ ކަމަށެވެ.
އެމްއެމްއޭއަށް މިވަގުތު ބޭރު ފައިސާ ލިބޭނީ ގާނޫނުގެ ތެރެއިން ލިބޭ ޑޮލަރާއި ޓެކްހާއި އެ ނޫން އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރުން ކަން ފާހަގަ ކުރައްވައި، މިދިޔަ އަހަރުތަކުގައި ރާއްޖޭން ބޭރުން ލޯނު ހޯދަން ދަތިތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ސަބަބުތަކާ ހެދި އެމްއެމްއޭއިން ބޭނުންވާ ވަރަށް ބޭރު ފައިސާގެ ކަންކަން ހަމައަކަށް އަޅުވަން އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ޒަކީ
މުނިފޫހިފިލުވުން
އިރާން
ދުނިޔެ
ބޭރު ކުޅިވަރު