އަންނަ އަހަރުގެ ބޭރުގެ ދަރަނީގެ ގޮތުގައި ރާއްޖޭން ދައްކަންޖެހޭ 600 މިލިޔަން ޑޮލަރު ދެއްކުމަށްޓަކައި، އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސްގެ ގޮތުގައި ލިބެމުންދާ ބޭރު ފައިސާގެ އާމްދަނީ އެއްކޮށް ދައުލަތުގެ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރަމުން ގެންދިއުމަށް ސެންޓްރަލް ބޭންކު (އެމްއެމްއޭ) އިން ސަރުކާރަށް ލަފާ ދީފިއެވެ.
އެމްއެމްއޭއިން މިގޮތަށް ލަފާދިނީ، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ދައުލަތުގެ ބަޖެޓާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިންނެވެ.
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުުވުމުގައި އެމްއެމްއޭގެ ހުށަހެޅުންތައް ކޮމިޓީއާ ހިއްސާ ކުރައްވަމުން، މެނޭޖިން ޑިރެކްޓާ މަރިޔަމް ރަޝްފާ ވިދާޅުވީ، ބޭރު ދަރަނީގެ ގޮތުގައި އަންނަ އަހަރުގެ އޭޕްރީލް މަހު ރާއްޖޭން ދައްކަންޖެހޭ 600 މިލިޔަން ޑޮލަރު ދައްކަން ހަ މަހަށްވުރެ ކުޑަތަންވެފައިވާއިރު އާ ސުކޫކެއް ނުވަތަ ބޮންޑެއް ވިއްކުމުގެ މަސައްކަތް އަވަހަށް ނިންމުމަށް ލަފާ އަރުވާ ކަމަށެވެ.
"މި ދަރަނި ދައްކަން ރާވާފައިވާ ޕްލޭނާ އެއްގޮތަށް އެޗީވްގައި ފައިސާ ހުންނާނެކަން ކަށަވަރު ކުރުމަށް އެއާޕޯޓް ޑިވެކޮޕްމަންޓް ފީގެ ގޮތުގައި ލިބެމުންދާ ބޭރު ފައިސާގެ އާމްދަނީ އެއްކޮށް އެސްޑީއެފަށް ޖަމާ ކުރަމުން ގެންދިއުމަށާއި، ބަޖެޓް ފައިނޭންސް ކުރުމަށް އެޗްޑީއެފްގެ ފައިސާ ބޭނުން ނުކުރުމަށް ލަފާއަރުވަން، ރާވާފައިވާގޮތަށް އެކްޓާނަލް ފައިނޭންސިން ހަމަނުޖެހއިްޖެނަމަ ފައިނޭސިން ހޯދުމަށް ޑޮމެސްޓިކް މާކެޓަށް ބަރޯސާވާން ޖެހޭކަން ފާހަގަކުރަން،"
ރަޝްފާ ވިދާޅުވީ، ޑޮމެސްޓިކް މާކެޓުން ފައިނޭންސް ހޯދުމަށް މަގުފަހި ކުރުމަށްޓަކައި ސަރުކާރުގެ ސެކިއުރިޓީސް ގަނެ ވިއްކުމަށް ސެކަންޑަރީ މާކެޓް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ބަދަލުތައް ގާނޫނީ އޮނިގަނޑަށް ގެނެސް ސަރުކާރުގެ ސެކިއުރުޓީ ސިސްޓަމް އެކުލަވާލުމަށްވެސް ލަފާ އަރުވާ ކަމަށެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު