އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި ޖުޑީޝަރީއަށް މިހާރު ހިމަނާފައިވާ ބަޖެޓަށް 233.9 މިލިޔަން ރުފިޔާ އިތުރުކޮށްދޭން އެދިއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
މިހާރު ކުރިއަށްދަނީ މަޖިލީހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކުރުމުގެ މަަސައްކަތްތަކެވެ.
ބަޖެޓާ ބެހޭގޮތުން އެކި އެކި މުއައްސަސާތައް ކޮމިޓީއަށް ހާޒިރު ކުރުމަށްފަހު، ބަޖެޓާބެހޭގޮތުން އެފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު ކޮމިޓީން ދަނީ މަޝްވަރާ ކުރަމުންނެވެ.
އެގޮތުން ބަޖެޓް ކޮމީޓީގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި ޖުޑިޝަރީއަށް 807 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.
ނަމަވެސް އިތުރު 233.9 މިލިޔަން ބޭނުންވާކަމަށް ޖުޑިޝަރީން ހުށަހަޅާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އިތުރަށް ބޭނުންވާކަމަށް ޖުޑިޝަރީން ހުށަހަޅާފައިވާ އަދަދަކީ ޕޭ ފްރާމްވާކަށް އައިސްފައިވާ ބަދަލާ ގުޅިގެން އިތުރުކޮށްދިނުމަށް ހުށަހަޅާފައިވާ އަދަދެއް ކަމަށެވެ.
އެހެންކަމުން އެ ބަދަލުތަކާއެކު ޖުޑިޝަރީއަށް އިތުރުކުރަންޖެހޭ ސީދާ އަދަދު ފިނޭންސް މިނިސްޓްރީން އިތުރުކޮށްދިނުމަކީ މުހިއްމުކަމެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނަމަވެސް ނާޒިމް ވިދާޅުވީ އެ ކަން ކުރަންޖެހޭނީ މިހާރު ހުށަހަޅާފައިވާ ޖުމްލަ ބަޖެޓްގެ އަދަދަށް ބަދަލުނާންނާނެ ގޮތަށް އެހެންދިމަދިމާލުން ހަރަދު ކުޑަކޮށްގެން ކަމަށެވެ.
އިބްރާހިމް ޒަކީ
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ބުނާހާ ވަރަކަށް ބަޖެޓު ހަމަޖައްސައިދެވެންވާނެކަމަށް ޤާނޫނީ ދާއިރާގެ ފުންނާބުއުސް ބޭބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ ޖުޑީޝަރީއަކުން ދެކެވަޑައިގަންނަވާ ނަމަ ރާއްޖޭގެ އިޤްތިޞާދީ ހާލަތާމެދު އެބޭފުޅުންގެ ވިސްނުންފުޅު އެގެންގުޅުއްވާ ގޮތަކާމެދު ސަބަބުވެރިއިންސާނެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަމަ އަންތަރީސްވަން.
އަންތަރީހުގެމީޓަރު - 7 މަސް ކުރިން