ޓައިޓޭނިކްގެ ފަސިންޖަރެއްގެ ގަޑި ވިއްކާލަން ނިންމައިފިއެވެ.
1912 ވަނަ އަހަރު ސަދަމްޕްޓަން އިން ނިއުޔޯކަށް ދަތުރުކުރަނިކޮށް އައިސް ބާގެއްގައި ޖެހި އަޑިއަށްދިޔަ ޓައިޓޭނިކްގައި ދަތުރުކުރި މީހުންގެ ބައެއް ސާމާނު ވަނީ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ނަގައިފައެވެ.
އޮފިޝަލުން ބުނީ މިފަހަރު ވިއްކުމަށް ހަމަޖެހިފައިވަނީ ޓައިޓޭނިކް އިން ދަތުރުކުރި ފަސެންޖަރުންގެ ތެރެއިން އެންމެ މުއްސަނދި އެކަކުގެ ޖީބުން ފެނުނު ގަޑިއެއް ކަމަށެވެ.
އެމީހާގެ ގަޑި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ އިރު، ގަޑި ވިއްކޭނެ ކަމަށް ބެލެވެނީ އެއް މިލިއަން ޕައުންޑަށް ކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ.
ވިއްކުމަށް ނިންމާފައިވާ ގަޑި ވަނީ ޓައިޓޭނިކް އަޑިއަށް ދިޔަ ގަޑިކަމަށްވާ 02:20 ގައި ހުއްޓިފައެވެ.
ގަޑީގެ ވެރިފަރާތް ޓައިޓޭނިކްގައި މަރުވުމާއެކު އެ ގަޑި ވަނީ އާއިލާގެ އެކި ފަރާތްތަކުގެ އަތްމަތިން މިހާތަނަށް އައިސްފައި ކަމަށާއި މިހާރުވެސް ގަޑި ނީލަމުގައި ވިއްކާލުމަށް ނިންމާފައިވަނީ އެމީހާއާ އާއިލީގޮތުން ގުޅޭ ފަރާތެއް ކަަމަށް އޮފިޝަލުން ބުނެއެވެ.
އެ ގަޑި ލަފާކޮށްފައިވާ އެއްމިލިއަން ޕައުންޑަށް ވިކިއްޖެ ނަމަ އެ ގަޑި ވެގެން ދާނީ ޓައިޓޭނިކް އިން ފެނުނު އެ ބާވަތުގެ އެއްޗެއް ވިއްކާ އެންމެ އަގު ބޮޑު ރޭޓް ކަމުގައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ބެލްޖިއަމް
ބޭރު ކުޅިވަރު
ރިޕޯޓް